Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އައްޑޫ އާއި ފުވައްމުލައް ބަޔޮސްފިޔާ ރިޒާވަކަށް ހަދަނީ

އައްޑީ ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރަމުން އަންނަ ކުރީގެ ކޮންވެންޝަން ސެންޓަރ --

އައްޑޫ އާއި ފުވައްމުލަކަކީ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވި ގޮތުގައި އައްޑޫއާއި ފުވައްމުލަކަކީ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ޔުނެސްކޯއަށް ހުށަހަޅާނެއެވެ.

ބަޔޮސްފިއާ ރިޒާވެއް ކަމަށް ޔުނެސްކޯ އިން ކަނޑައަޅާނީ ސަރުކާރުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި، ޝަރުތު ހަމަވާނަމަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިމަގުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައި ވެސް ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ގާއިމުކުރާނެ ކަމަށެވެ.

ރާއްޖޭގައި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި މިހާތަނަށް ކަނޑައަޅާފައި ވަނީ ބ. އަތޮޅު އެކަންޏެވެ. ބަޔޮސްފިއާ ރިޒާވަކަށް ބ. އަތޮޅު ކަނޑައެޅީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ.

މަންތާ އާއި ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ އެ އަތޮޅުގައި ބަޔޮސްފިއާގެ ރިޒާވްގެ މަސައްކަތް ފެށި ފަހުން އެ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް، މަސްމަހާމެއްސާއި ކަނޑުގެ ދިރުން ވަރަށް ބޮޑަށް އާލާކުރަމުން އަންނަ ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ބުނެ އެވެ.