Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރުގެ ބަންދަށް 10 ދުވަސް

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: އިހުތިޝާމް މުހައްމަދު (ސަން)

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި ދިވެހި ލީޑިން ޓީޗަރުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

އުމުރުން 46 އަހަރުގެ އެ ޓީޗަރުގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

މެދުރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގައި މަސައްކަތްކުރާ އެ ޓީޗަރު ވަނީ އެ ސްކޫލްގެ އަންހެން އަދި ފިރިހެން ކުދިންތަކަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފައެވެ. އެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިއަދުއެވެ.

އަދި މި މައްސަލައިގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީ އަށް އިއްޔެ ހިއްސާކޮށްފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.