Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މަޖިލީހުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރުމުގެ ގޮތުން އެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރުން ތިބެންޖެހެ އެވެ.

އެގޮތުން މަޖިލީހުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ހަމަޖައްސާފައިވަނީ، ސީނިއަރ މީޑިއާ އޮފިސަރ އަޙްމަދު މާން އައްސަދެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ރައްޔިތުންނަށް މައުލޫމާތު ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ އިންފޮމޭޝަން އޮފިސަރެއް ނުވަތަ އިންފޮމޭޝަން އޮފިސަރުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އެ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

އަދި އެ އިންފޮމޭޝަން އޮފިސަރު ނުވަތަ އެ އިންފޮމޭޝަން އޮފިސަރުންގެ ނަމާއި މަގާމާއި އޭނާއާ ނުވަތަ އެ ބަޔަކާއި ގުޅޭނެ ގޮތް ރައްޔިތުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އާންމުކޮށް ލިބޭނެމަގު ފަހިކޮށްދިނުމަށް ވެސް މިމާއްދާގައި ލާޒިމްކޮށްފައިވެ އެވެ.