Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ދިވެހި ބަހުގެ އެކަޑަމީން އުރުދޫ ބަހާއި ސާންސްކްރިތް ބަސް ދަސްކޮށްދެނީ

ދިވެހި ބަހުގެ އެކެޑަމީ- ފޮޓޯ: މީސް މީޑިއާ

ދިވެހި ބަހުގެ އެކަޑަމީން އުރުދޫ ބަހާއި ސާންސްކްރިތް ބަސް ދަސްކޮށްދިނުމުގެ ކޯސްތަކެއް ހިންގަން ނިންމައިފިއެވެ.

މި ކޯސްތައް ކުރިޔަށް ގެންދިޔުމުގެ ބޭނުމަކީ މި ދެބަހުގެ އަދަބުގެ މުއްސަނދިކަމުގެ ތެރެއިން ދިވެހި އަދަބިއްޔާތަށް އިތުރު ފަހި ކަމެއް ލިބުމަށް މަގުފަހިކޮށްދިނުންކަމަށް ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.

މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ.

އުރުދޫ ބަސް ދަސްކޮށްދިނުމަށް ހިންގުމަށް ހަމަޖެހިފައިވަނީ އެޑްވާންސް ކޯހެކެވެ. އަދި ސާންސްކްރިތް ބަސް ދަސްކޮށްދިނުމަށް ހިންގުމަށް ހަމަޖެހިފައިވަނީ ބޭސިކް ކޯހެކެވެ. މި ކޯސްތަކުގެ މުއްދަތަކީ 5 މަސްދުވަހެވެ.