Last Updated: April 26, 15:47
Friday, April 26, 2024
ވިޔަފާރި

ބޮޑު ޑިސްކައުންޓަކާއެކު އެސްޓީއޯ ވެއަރ ހައުސް ސޭލް ފަށައިފި

ބޮޑު ޑިސްކައުންޓަކާ އެކު އެސްޓީއޯ އިން "ވެއަރ ހައުސް ސޭލް" ފަށައިފިއެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ 7 ނަންބަރު ކޮށީގައި (އަމީނީމަގު/ އެސްޓީއޯ ސުޕަރމާރޓް ގުދަން) ރޭގަނޑު 20:00 އިން 23:00 ކުރިއަށްދާ މި ސޭލްގައި އިލެކްޓުރޯނިކް އައިޓަމްތައް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.

މި ސޭލްގައި ހުރިހާ އެއްޗެއްވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށާއި އެގޮތުން ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަރމާޓުން ވިއްކާ ގޭތެރޭގެ ސާމާނުތައްވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.

އެސްޓީއޯ އިން ބުނީ މި ސޭލްގެ ފަހު ދެ ދުވަހު (ހުކުރު ،ހޮނިހިރި) ގައި ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ކުރިއަށްދާނެއެވެ.

ވެއެއަރހައުސް ސޭލް ކުރިއަށްދާއިރު މިސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ކޫޕަނެއް ލިބޭނެ ކަމަށާއި އަދި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވިގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާވަމުން އަންނަ ވެއަރހައުސް ސޭލްއަށް ވަރަށް ބޮޑު ތަރުހީބެއް އަބަދުވެސް ލިބެއެވެ.