Last Updated: March 28, 21:54
Thursday, March 28, 2024
ޚަބަރު

ޝައިޚް މަކާރިޘީގެ ދަރުހެއް ފުވައްމުލަކުގައި ބާއްވައިފި

“ދަ ލެގަސީ” ގެނަމުގައި ބާއްވާ އިވެންޓްގައި ތަޤުރީރުކުރެއްވުމަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އައްޝައިޚް އަބްދުއްރަހީމް މަކާރިޘީގެ ދަރުހެއް ފުވައްމުލަކު ސިޓީގައި ބާއްވައިފިއެވެ.

ޕީސް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބޭއްވުނު ދަރުސް ބާއްވައިފައިވަނީ ފުވައްމުލަކުގެ ހާފިޒް އަހުމަދު ސްކޫލްގައިއެވެ. ރޭ ބޭއްވުނު ދަރުހަކީ އެޖަމިއްޔާއިން ކުރިއަށް ގެންދާ “ދަ ލެގަސީ” ގެ ދަށުން ކުރިއަށް ގެންދާ ދަރުހެކެވެ. އަދި އެދަރުހުގެ މައުޟޫއަކީ “އައި އޭމް ސްޓިލް ޔަންގް”މިއެވެ.

ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ” އިވެންޓަކީ ރާއްޖެއިން ބޭރުގެ އިލްމުވެރިން ރާއްޖެ ވަޑައިގެން ތަގުރީރުކުރެއްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އިވެންޓެކެވެ. މީގެ ކުރިން ޑރ ބިލާލް ފިލިޕްސްއާއި ޝައިހް ހުސައިން ޔީ އަދި ޝައިހް އަބޫ އުސާމާ ފަދަ ބޭފުޅުންވަނީ ރާއްޖެ ވަޑައިގެން ލެގަސީ އިވެންޓްގައި ތަގްރީރު ކުރައްވާފައެވެ.

“ދަ ލެގަސީ” އިވެންޓް ކުރިއަށް ގެންދާ ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ އަދި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަގުސަދަކީ ތައުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމައެއް ބިނާކުރުމެވެ.