Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ޖޫން މަހު އެންމެ ގިނައިން ސަރވިސް ޗާޖް ދިނީ ވެލާ ރިސޯޓުން!

ފޮޓޯ- ބުކިންގް ޑޮޓް ކޮމް

މިދިޔަ ޖޫން މަހު މުވައްޒަފުންނަށް އެންމެ ގިނައިން ސަރވިސް ޗާޖްދިން ރިސޯޓަކަށް އަނެއްކާވެސް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު ހޮވިއްޖެއެވެ.

ވެލާ ޕްރައިވެޓް އައިލެންޑްއަކީ މުވައްޒަފުންނަށް އެންމެ ގިނައިން ސަރވިސް ޗާޖްދޭ ރިސޯޓުތަކުގެ ލިސްޓުގެ ގަދަ ތިނެއްގައި އަބަދުވެސް ހިމެނޭ ރިސޯޓެކެވެ. މި ރިސޯޓު ވަނީ މެއި މަހުވެސް އެންމެ ގިނަ ސަރވިސް ޗާޖްދިން ރިސޯޓަށް ހޮވިފައެވެ.

ޖޫން މަހު ރިސޯޓުތަކުން ދީފައިވާ ސަރވިސް ޗާޖަށް ބަލާއިރު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން އެވްރެޖްކޮށް 740 ޑޮލަރު ނުވަތަ 11،000 ވުރެ ގިނަ ދިވެހި ރުފިޔާ ދީފައިވެއެވެ. މެއިމަހު މިރިސޯޓުން ވަނީ މުވައްޒަފުންނަށް 1509 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 23،000 ރުފިޔާ ދީފައެވެ.

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަށް ފަހު މިދިޔަ ޖޫން މަހު އެންމެ ގިނައިން ސަރވިސް ޗާޖް ދީފައިވަނީ ވެލިގަނޑު އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ގާތްގަނޑަކަށް 620 ޑޮލަރު ނުވަތަ 9500 ރުފިޔާ ސަރވިސް ޗާޖްގެ ގޮތުގައި ދީފައިވެއެވެ. ތިންވަނަ އަށް އެންމެ ގިނައިން ސަރވިސް ޗާޖް ދީފައިވަނީ 605 ޑޮލަރު ނުވަތަ 9300 ރުފިޔާއާއެކު ހުރަވަޅި އައިލެންޑް ރިސޯޓުންނެވެ.

މޯލްޑިވްސް ސަރވިސް ޗަރޖް ވެބްސައިޓްގައި އާންމުކޮށްފައިވާގޮތުން މިދިޔަ މަހު ސަރވިސް ޗާޖް އާންމުކޮށް އުޅެނީ 500 ޑޮލަރާއި 700 ޑޮލަރާއި ދެމެދު އެވެ.

"މޯލްޑިވްސް ސާރވިސް ޗާޖް ވެބްސައިޓް" މެދުވެރިކޮށް ރާއްޖޭގެ އެކި ރިސޯޓުތަކުގެ ކޮންމެ މަހަކު ސާރވިސް ޗާޖް ދޭ އަދަދާއި އާންމުކޮށް ރިސޯޓުތަކުގެ އެކި ޚިދުމަތްތަކުން ސަރވިސް ޗާޖް ނަގާ މިންވަރުގެ މަޢުލޫމާތު އެގިގެންދާނެއެވެ.