Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

“މެލެފިސެންޓް 2”ގެ އާ ޓްރެއިލަރ ބަލައިލިންތަ؟

2014 ވަނަ އަހަރު ނުކުތް ޑިޒްނީގެ ފިލްމް “މެލެފިސެންޓް” ގެ ދެވަނަ ބައި “މެލެފިސެންޓް: މިސްޓްރެސް އޮފް އީވިލް” ގެ އާ ޓްރެއިލާއެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.

“މެލެފިސެންޓް” އަކީ ޑިޒްނީއިން ނެރެމުންއަންނަ ކާޓޫންގެ ލައިވް އެކްޝަން ފިލްމްތަކުގެ ތެރެއިން 1959 ވަނަ އަހަރު ރިލީޒްކުރި “ދަ ސްލީޕިން ބިއުޓީ” ކާޓޫންގެ މައްޗައް އުފައްދާފައިވާ ފިލްމެކެވެ.

ނަމަވެސް ޑިޒްނީގެ މިފަދަ އެހެން ފިލްމްތަކާއި ހިލާފަށް މި ކާޓޫންގެ ލައިވްއެކްޝަން ފިލްމް ގެނެސްދީފައިވަނީ “މެލެފިސެންޓް”ގެ ނަމުގައި ވާހަކަވެސް ބަދަލުކޮށްގެންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން “މެލެފިސެންޓް” ގެ ދެވަނަ ބައިގެ ޓީޒާ ޓްރެއިލާއެއް ދައްކާލާފައިވާއިރު، މިފަހަރުގެ ޓްރެއިލާއިން ފިލްމްގެ ވާހަކައަށް ބޮޑަށް އަލިއަޅުވާލައިފައިވެއެވެ.

ކާޓޫންގައި “މެލެފިސެންޓް” އަކީ އީވިލް ކުއީންއެއް ކަމުގައިވިޔަސް، ފިލްމްގައި “މެލެފިސެންޓް” ގެ ވާހަކަ ގެނެސްދީފައިވަނީ ވަރަށް ތަފާތުކޮށެވެ.

މެލެފިސެންޓް ގެ ރޯލުން ހޮލީވުޑްގެ މަޝްހޫރު ތަރި “އެންޖެލީނާ ޖޫލީ” ފެނިގެންދާއިރު، މި ފިލްމް ރިލީޒްކުރާނީ އޮކްޓޯބަރު މަހު 18 ގައެވެ.