Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޔުއެފާ ޔޫތް މުބާރާތުގެ ފުރަތަމަ މެޗް ގައި ރާއްޖެ އާއި ބޫޓާން

މިމަހުގެ 20-29 އަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަ ޔުއެފާ ޔޫތް މުބާރާތުގެ ފުރަތަމަ މެޗް ގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި ބޫޓާން އެވެ.

މުބާރާތުގެ ޝެޑިއުލް މިއަދު އާއްމުކޮށްފައިވާއިރު 20 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު އައްޑޫ ސްޓޭޑިއަމްގައި މި މުބާރާތުގެ ފުރަތަމަ މެޗް ކުޅެވިގެން ދާނެއެވެ.
މިމުބާރާތުގައި ބައިވެރިވާ ޓީމުތައް މިމަހު 18 ވަނަ ދުވަހު އައްޑޫ އަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ.

މި މުމުބާރާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އައްޑޫ ސިޓީ ކައުންސިލުންނާއި އެފްއޭއެމް އިން އަންނަނީ ކުރަމުންނެވެ.

އަދި މުބާރާތަށް އައްޑޫ ސިޓީގެ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށް އޮތް ފަސް ދުވަސް ތެރޭ އެއްކޮށް ނިންމާލެވޭނެކަމަށްވެސް ސްޓޭޑިއަމްގެ ހިންގެވުމާ ހަވާލުވެ ހުންނެވި ހާރިސް ބުންޏެވެ.

އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރެއެވެ.