Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ރިޔާޒާއި އަދުރޭއަށް ނާޖާއިޒު ފައިދާއެއް ހޯދާނުދެން: ނިމާލު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ސަރުކާރު މެމްބަރުންނަށް ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދާއި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ނާޖާއިޒު ފައިދާއެއް ހޯދާ ދީފައި ނުވާނެ ކަމަށް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުން ވަނީ 28ރ. ލީޓަރެއްގެ މަގުން ފެނަކައިން ވަނީ އަދުރޭ އާއި ރިޔާޒުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ތެޔޮ ގަނެފައި ކަމަށެވެ.

ރިޔާޒާއި އަދުރޭގެ ކުންފުނިން ފިއުލްސާވިސް މޯލްޑިވްސް އިން ތެޔޮ ގަނެފައިވަނީ 6.58ރ. ގެ މަގުން ކަމަށާއި ތިން ގުނަ އަގު ބޮޑުކޮށް ތެޔޮ ވިއްކާފައިވާ މައްސަލަ ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށައަޅައި ދޭން ޖެހޭ މައުލޫމާތު ދީފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އޭރު މަގާމުގައި ހުންނެވި ނިމާލް މިއަދު ފޭސްބުކްގައި ލިޔެފައިވާ ގޮތުން އޭނާއަކީ އެއްވެސް މެމްބަރަކަށް ނާޖާއިޒު ފައިދާއެއް ހޯދާ ދީފައިވާ މީހެއް ނޫން ކަމަށެވެ. އަދި އެ ދެމެމްބަރުން ފައިދާ އެއް ހޯދާ ދޭން އެދިފައިވެސް ނުވާ ކަމަށް ނިމާލް ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނުގެ އެމްޑީގެ މަގާމުގައި ހުންނަވަނިކޮށް ނިމާލް ވަކިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ ދުވަސްވަރަކީ ފެނަކައިން އެއް މިލިއަން ޑޮލަރު ގަތުމަށް ދޫކުރި 17 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ ފެންމަތިވެގެން އުޅުނު ދުވަސްވަރެކެވެ.

ނިމާލް މަގާމުން ވަކިކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް އަހުމަދު ޝަރީފް އެމަގާމަށް އައްޔަން ކޮށްފައިވާއިރު ނިމާލް ވަނީ ގެއްލުނު 17 މިލިއަން ރުފިޔާގެ މައްސަލާގައި ލޯންޗު ކުންފުންޏަކާއި ޗެކް އިޝޫކުރި މޮރީޝަސް ކޮމާޝަލް ބޭންކާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ހުށައެޅުމަށް ނިންމާފައެވެ.