Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ނޫޑުލްސް ކޭސްތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާލޭގެ ބާޒާރުމަތި، މަސް މާރުކޭޓު ސަރަހައްދުގައި ހުރި ފިހާރައަކުން ތިން ކޭސް ނޫޑުލްސް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އެ ނޫޑުލްސް ކޭސްތައް ނޯތު ހާބަރު ފަޅުތެރޭގައި އޮތް ބޯޓަކަށް އަރުވަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު ލައިގެން ހުރި ޖީންސުގެ ޖީބުން ދެ ފޯނާއި ވޮލެޓަކާއި ލަގެޖު ކައްޓާއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އިތުރަށް ބެލި ބެލުމުން އެ ތަކެއްޗަކީ މިރޭ 18:00 ހާއިރު ހެންވޭރު ގެއަކުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.