Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހަމީދު

މައުމޫން ހަމީދު - ފޮޓޯ:ވީނިއުސް

ބާ ކައުންސިލްގެ ރައީސް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު އިންތިހާބުވެއްޖެއެވެ.

މައުމޫން ހަމީދު މި އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އާއި ވާދަކޮށްގެންނެވެ. ސުއޫދު ވަނީ މައުމޫން ހަމީދަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ވެސް ކުރައްވާފައެވެ.

https://twitter.com/hsuood/status/1150082378842300418

މިއަދު ކުރިއަށްދިޔަ މި ވޯޓުގައި ވޯޓުލުމުގެ ހައްގު 1487 ވަކީލަކަށް އޮތްއިރު ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މާލެ އާއި އައްޑޫ ސިޓީގައެވެ. އެގޮތުން މާލޭގައި ދެ ވޯޓު ފޮށި ބެހެއްޓިއިރު އައްޑޫގައި ބެހެއްޓީ އެއް ވޯޓު ފޮށިއެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހޮވުނުއިރު އެ ކައުންސިލްގެ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ބާ ކައުންސިލް އުފެދުމުން ވަކީލުން ރެގިއުލޭޓް ކުރުމާއި އެ މީހުންނަށް ހުއްދަ ދިނުމުގެ ކަންކަން ކުރިއަށްގެންދާނީ އެ ކައުންސިލުންނެވެ.

ބާ ކައުންސިލްގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ ވަކީލެކެވެ. ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ މަގާމުތަކަށް ވެސް ބޭފުޅުން އިންތިޚާބު ކުރަނީ ވަކީލުން މެދުގައި ނަގާ ވޯޓަކުންނެވެ.