Last Updated: April 26, 06:25
Friday, April 26, 2024
ޚަބަރު

ރާޅާ އަޅަން އުޅުނު ދެ މީހަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

ކަނޑުގަދަ ދުވަހެއްގައި ފުލުހުންގެ ލޯންޗެއް --

ހދ.މަކުނުދޫގައި މިއަދު ރާޅާ އަޅަން އުޅުނު ދެ މީހަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ މަކުނުދޫގައި ރާޅާ އަޅަން އުޅުނު ދެ މީހުން މާކަނޑަށް އޮޔާދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި، އާއްމުން ގުޅިގެން ޑިންގީއެއްގައި ގޮސް އެ ދެ މީހުން ސަލާމަތްކޮށްދީފައިވާ ކަމަށެވެ.

އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އޮޔެގަދަ ދުވަސްވަރު މޫދަށް އެރި ނޫޅުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.