Last Updated: July 1, 23:03
Wednesday, July 2, 2025
މުނިފޫހިފިލުވުން

ޗުއްޓީ ހޭދަކޮށްލަން ޝާހްރުކް ރާއްޖެ އަށް

ޗުއްޓީ ހޭދަކޮށްލުމަށް ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހްރުކް ހާން ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ހެނދުނު ޝާހްރުކް ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުން ގޯރީ ހާން އަދި އެދެމީހުންގެ ތިން ދަރިންނާއި އެކުއެވެ.

ނަމަވެސް ޝާހު ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް އެނގިފައެއް ނުވެއެވެ.

އުމުރުން 53 އަހަރުގެ ޝާހު އެންމެ ފަހުން ފެނިގެންދިޔައީ "ޒީރޯ" އިންނެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އިތުރު ފިލްމެއްގެ މަސައްކަތް ޝާހު މިވަގުތު ކުރަމުން ނުދާއިރު، މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ ޝާހު ދެން ފިލްމަކުން ފެންނާނެ ދުވަހަކަށެވެ.