Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

12 އަހަރަށް ފަހު ޝިލްޕާ ބޮލީވުޑް އަށް

12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެކްޓްރެސް އަދި ރިއަލިޓީ ޝޯ ޖަޖް ޝިލްޕާ ޝެޓީ އެނބުރި ބޮލީވުޑް ފިލްމެއް ކުޅުމަށް ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފިލްމްގައި ޝިލްޕާ އަދާކުރުމަށް ހަމަޖެހިފައިވަނީ ލިޔުންތެރިއެއްގެ ރޯލެވެ.

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމުގައި ޝިލްޕާ އާއިއެކު ފެނިގެން ދާނީ ދިލްޖީތް ދޯޝަން އާއި ޔާމީ ގޯތަމް އެވެ.

ގާތް މަސްދަރަކުން މުމްބާއީ މިރޯއަށް ބުނެފައިވަނީ ލަންޑަން އާއި ގްރީސް ގައި މަހެއްހާ ދުވަހު ޗުއްޓީ ހޭދަކުރުމަށްފަހު ޝިލްޕާ އެނބުރި މުމްބާއީ އަށް ދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓް ފުރަތަމަ ހަފްތާގައި ކަމަށެވެ. އެއަށްފަހު ފިލްމްގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށާއި ޝިލްޕާ ހުރީ ވަރަށް ބޮޑަށް ޝައުގުވެރިވެފައި ކަމަށެވެ.

ޝިލްޕާ ދާދިފަހުން ވަނީ ޑާންސް ރިއަލިޓީ ޝޯ "ސުޕަރ ޑާންސް ޗެޕްޓަރ 3" ގެ ފަނޑިޔާރުކަން ކޮށްފައެވެ.

ޝިލްޕާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި ފިލްމް " އަޕްނޭ" އިންނެވެ. މި ފިލްމުގައި ޝިލްޕާ އާއި އެކު ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ދަރްމެންދްރާ، ސަނީ ޑިއޯލް، ބޮބީ ޑިއޯލް އަދި ކެޓްރީނާ ކެއިފް އެވެ.