Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ޗުއްޓީ ހޭދަކޮށްލަން މަލައިކާ އަރޯރާ ރާއްޖެ އަށް

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ މަލައިކާ އަރޯރާ އޭނާގެ އަންހެން ރައްޓެހިންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ބ. އަތޮޅުގައި އޮންނަ، ދަ ވެސްޓިން މޯލްޑިވްސް މިރިލަންދޫ ރިސޯޓުގައި މަލައިކާ ނަގާފައިވާ ފޮޓޯތަކެއް އޭނާގެ ރަސްމީ އިންސްޓަގްރަމް އެކައުންޓްގައި މިއަދު ހިއްސާކޮށްފައެވެ.

މަލައިކާ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންއިރު، މިއީ މަލައިކާ މިއަހަރު ތެރޭގައި ރާއްޖެއަށް އައިސްފައިވާ ދެވަނަ ފަހަރެވެ. މިއަހަރުގެ މާޗް މަހުގެ ތެރޭގައި މަލައިކާ އޭނަގެ ލޯބިވެރިޔާ އަދި މަޝްހޫރު ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރާއެކު ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގައި ޗުއްޓީ ވަނީ ހޭދަކޮށްފައެވެ.

ރިސޯޓުގެ ރީތި ހިތްގައިމު މަންޒަރުތައް މަލައިކާ އޭނަގެ އިންސްޓަގްރަމް އެކައުންޓްގައި ހިއްސާކޮށްފައިވާއިރު، އޭނަގެ ރައްޓެހިންނާއެކު ސަކަރާތްޖަހާ މަޖާކުރާ ފޮޓޯތައްވެސް އަންނަނީ ހިއްސާކުރަމުންނެވެ.

މަލައިކާގެ އިތުރުން ބޮލީވުޑްގެ ރަސްގެފާނު ޝަހްރުކް ޙާން އޭނަގެ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ދާދިފަހުން ވަނީ އައިސްފައެވެ.

ރާއްޖެއަކީ ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު އަދި މުއްސަނދި ތަރިންގެ މެދުގައި ޗުއްޓީ ހޭކުރުމަށް މިހާރު މަޤުބޫލު މަންޒިލެކެވެ.