Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ސަޅަކް 2" ގެ ޝޫޓިންގް ނިންމާލައިފި

މަހޭޝް ބަޓް ޑައިރެކްޓް ކުރާ ފިލްމް "ސަޅަކް 2" ގެ ޝޫޓިން ނިންމާލިކަމަށް އެ ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ އެއް ބަތަލާ އާލިއާ ބަޓް ބުނެފިއެވެ.

ޓެމިލް ނާޑޫގެ އޫޓީގައި ކުރިއަށް ދިޔަ "ސަޅަކް2" ގެ ޝޫޓިން ނިންމާލިކަން ހާމަކޮށް އާލިއާ ވަނީ އޭނާގެ ބައްޕަ އާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް ބައްޕަގެ ކުޅަދާނަ ކަމަށް ތައުރީފް ކޮށްފައެވެ.

ސަޅަކް2" އަކީ 1991 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ސަޅަކް" ގެ ސީކުއެލް އެކެވެ. މި ފިލްމްގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ މަހޭޝް ބަޓްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓް އާއި ސަންޖޭދަތް އެވެ.

"ސަޅަކް2" ގައި އާލިއާ އާއި ޕޫޖާގެ އިތުރުން ސަންޖޭދަތާއި އަދިތްޔާ ރޯއީ ކަޕޫރު ފެނިގެންދާނެއެވެ.

އާލިއާ އަދި ޕޫޖާ މި ދެބެން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ މާރޗް 25 ގައެވެ.

ޕޫޖާ ވަނީ 90 އަހަރުތަކުގެ ތެރޭގައި އޭނާގެ ބައްޕަގެ ގިނަ ފިލްމްތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި "ޑެޑީ"، ދިލް ހޭ ކި މާންތާ ނެހީން"، "ސަރ" "ޒަޚަމް" އަދި "ސަޅަކް" ހިމެނެއެވެ.