Last Updated: April 23, 16:26
Tuesday, April 23, 2024
ޚަބަރު

ފެންސު ޖަހައި ވަކި ކުރިއަސް އެމެރިކާ އާއި މެކްސިކޯގެ ކުދިން ކުޅެނީ އެއްކޮށް

ބަލާ ބެލުމަށް މިއީ އާދައިގެ ކުޑަކުދިންގެ ޕާކެއް ހެން ހީވެދާނެއެވެ. ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން ހެވިފައި ޕާކުގައި ހުންނަ ސީސޯ ތަކުގައި ކުޅެން ތިބޭ މަންޒަރަކީ އާންމުކޮށް ފެންނަ މަންޒަރެކެވެ. ނަމަވެސް މިއީ އާދައިގެ ކުޑަކުދިންގެ ޕާކެއް ނޫނެވެ.

ފޮޓޯއިން ފެންނަ ގަދަ ފިޔާތޮށި ކުލައިގެ ސީސޯތަކަކީ އެމެެރިކާއާއި މެކްސިކޯގެ ދެމެދުގައި ހަދާފައިވާ ގަދަ ދަގަނޑު ފެންސުގެ މެދަށް ވާ ގޮތަށް ހަރުކޮށްފައިވާ ސީސޯތަކެކެވެ. މިސީސޯތައް ނުވަތަ މިހާރު ނަންދެވިފައިވާ ގޮތުން ނަމަ "ޓީޓަރ ޓޮޓަރ ވޯލް" އަކީ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ބަރކްލީ އެންޑް ވަރޖިނިއާގެ ޕްރޮފެސަރެއް ކަމަށްވާ ރޮނަލްޑް ރެއަން އާއި ސެން ހޯސޭ ސްޓޭޓް ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ސަން ފްރަޓެލޯގެ ޚިޔާލެކެވެ.

2009 ވަނަ އަހަރު މި ދެ ޕްރޮފެސަރުން ފެށި މި މަސައްކަތަކީ "ބޯރޑަރވޯލް އޭޒް އަރކިޓެކްޗަރ" ނަމަކަށް ކިޔާ ފޮތުގައި މިމީހުން ހިމެނި ޚިޔާލެކެވެ. އޭގެ 10 އަހަރު ފަހުން ރިއަލް އާއި އޭނާގެ ކްރޫއިން ވަނީ އެ ޚިޔާލު ހަޤީޤަތަކަށް ހަދާފައެވެ.

މިސީސޯ ތަކުގެ ސަބަބުން އެމެރިކާގައި ދިރިއުޅޭ ކުދިންނަށް މެކްސިކޯގައި ތިބޭ ކުދިންނާ އެއްކޮށް ކުޅުމަށްވަނީ މަގުފަހިވެފައެވެ. މިކަން މިހިނގަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާއާއި މެކްސިކޯ އާއި ދެމެދު އޮންނަ ގުޅުން ކަނޑާލައި، ދެ ޤައުމުގެ ދެމެދުގައި ބޮޑު ފާރެއް ރޭނުމުގެ މަސައްކަތް ފަށަން އުޅެނިކޮށެވެ.