Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

މޯލްޑިވިއަން އިން އެއާބަސް އޭ 330 ގެ ދެ ބޯޓު ގެންނަނީ

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އެއާބަސް އޭ 330 މަރުކާގެ ދެ ބޯޓު ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިއޭއެސް އިން މިއަދު ބުނީ އޭ 330 މަރުކާގެ ދެ ބޯޓު ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވައިޑް ބޮޑީ ހުންނަ އެ ދެ ބޯޓާއެކު ބައިނަލްއަގުވާމީ އިތުރު މަންޒިލްތަކަށް ދަތުރު ފަށާނެ ކަމަށްވެސް އައިއޭއެސް އިން ބުންޏެވެ.

މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 23 ބޯޓު މިހާރު އޮވެ އެވެ. އެއީ ބޭރުގެ އުދުހުންތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އަދި އޭ321 މަރުކާގެ ދެ ބޯޓާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް 8-200 މަރުކާގެ ދެ ބޯޓު އަދި ޑޭޝް 8-300 މަރުކާގެ އަށް ބޯޓުގެ އިތުރުން، ސީޕްލޭން ހިދުމަތް ބޭނުންކުރާ ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ 11 ބޯޓެވެ.