Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ބާރުގަދަ ބިންހެލުމަކާ އެކު އިންޑޮނީޝިޔާ އަށް ސުނާމީގެ އިންޒާރު

އިންޑޮނީޝިއާ އަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފިއެވެ.

ރިކްޓަ މިންގަނޑުން 7.0 ގެ ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ ސުމާޓްރާ ސަރަހައްދަށެވެ.

ބިންހެލުމާ ގުޅިގެން އިންޑޮނީޝިއާގެ ޖިއޯ ފިިޒިކްސް އެޖެންސީން ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އެގައުމުގެ ޑިޒާސްޓާ އެޖެންސީން ވަނީ ބިންހެލުން އައި ސަރަހައްދުގައި އުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަގުތުން އެޅުމަށް އިލްތިމާސްކޮށްފައެވެ.

މި ބިންހެލުމާ ގުޅިގެން މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވީ ނަމަވެސް، އެކަމުގެ ނުރައްކަލެއް ރާއްޖެ އަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފައެވެ.

އިންޑޮނީޝިއާގެ ސުމަޓްރާ އަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ 2004 ވަނަ އަހަރުއެވެ. އެގޮތުން 9.3 ގެ ބާރު މިނުގައި އައި ބިންހެލުމުގައި އުފެދުނު ސުނާމީއާ އެކު ވަނީ އެ ގައުމުން 168،000 މީހުން މަރުވެފަ އެވެ. އަދި އިންޑިއާ ކަނޑުގެ ގައުމުތަކާ އެކު ވަނީ 220،000 މީހުން މަރުވެފައެވެ.