Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ލަންކާގައި އުޅޭ ދިވެހިންނަށް ވިސާގެ ލުއިތަކެއް ހަމަޖައްސަނީ

photo: twitter

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި، އެޤައުމަށް ގޮސް އުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި މިހާރަށްވުރެ ލުއިތަކެއް ދިނުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރަައްޒާގާއި ސްރީލަންކާގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއެކު ބޭއްވެވި މަޝްވަރާ ތަކުގައެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ އެގައުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ވިސާ ހޯދުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވަނިކޮށެވެ.

ލަންކާ އަކީ ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ، އަދި ގިނަ ދިވެހިން ކިޔެވުމާއި ބޭސްފަރުވާގެ ބޭނުންތަކަށް ދިރިއުޅެމުންދާ އެއް ޤައުމެވެ. ވިސާ ލިބުމާއި ބައެއް ދިވެހިންނަށް އެގައުމަށް އެތެރެވުމުގައި ދަތިތައް ކުރިމަތިވަމުން ދިއުމާއި ގުޅިގެން ދިވެހިން ވަނީ ލަންކާއަށް ދިއުން މަދުކޮށްފައެެވެ.