Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އެއްވެސް ކުޅިވަރެއް ބާކީ ކޮށްނުލާނަން: މަހްލޫފް

އެއްވެސް ކުޅިވަރެއް ބާކީ ކޮށްނުލައްވާނެ ކަމަށް ދިވެހި ރާއްޖޭގެ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ މިއަދު ފެށުނު ޤައުމީ ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް 2019 ހުޅުވުމުގެ ރަސްމިއްޔާތާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މަހްލޫފްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގައި ވަރަށް އަވަހަށް ޗެސް އެރީނާއެއް ވެސް ހުޅުވިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ފެނިގެން ގޮސްފައިވަނީ ފުޓްބޯޅަ ނޫން އެހެން ކުޅިވަރުތަކަށް މާބޮޑު ސަމާލުކަމެއް ދެވިފައިނުވާތަނެވެ. ނަމަވެސް މިފަހަރުގެ އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގައި އެކި ކުޅިވަރުތަކުން ރާއްޖޭގެ ޤައުމީ ޓީމުތައް ހޯދާފައިވާ ކާމިޔާބީ އިން ދައްކުވައިދިނީ ހުރިހާ ކުޅިވަރަކަށްވެސް އަހައްމިއްޔަތުކަން ދިނުމުގެ މުހިންމުކަމެވެ. އަދި އެކަމުން ޤައުމަށް ލިބިގެންދާނެ ރީތި ނަމެވެ.

މަހްލޫފް ޗެސް އެރީނާ އަޅުއްވާނެ ކަމުގެ ވައުދު ވެފައި މިވަނީ މާލޭގައި ސްވިމިންގ ޕޫލެއްވެސް ވަރަށް އަވަހަށް އެޅިގެންދާނެ ކަމަށް ވައުދު ވެފައިވަނިކޮށެވެ.