Last Updated: April 25, 10:28
Thursday, April 25, 2024
ޚަބަރު

ލަންކާ އާސަންދަ އޮފީހުގެ މުވައްޒަފުންނަށް ނޯޓިސް ދީފި!

ސްރީލަންކާގައި ހުންނަ އާސަންދަ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނޯޓިސް ދީފިއެވެ.

ލަންކާގައި ހުންނަ އާސަންދަ އޮފީހުގައި މަސައްކަތް ކުރަނީ ޖުމްލަ 3 މުވައްޒަފުންނެވެ. އެއީ އެތަނުގައި މަސައްކަތް ކުރާ ދިވެހި ދެ މުވައްޒަފުންނާއި ލަންކާގެ ޑްރައިވަރެކެވެ. ނޯޓިސް ދީފައިވަނީ ދިވެހި ދެ މުވައްޒަފުންނަށެވެ.

އާސަންދަ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނައުމާމެދު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި ލަންކާގައި ހުންނަ އާސަންދަ އޮފީހުގެ މުވައްޒަފުންނަށް ނޯޓިސް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ކަމަށެވެ. މިއީ މުވައްޒަފުންގެ މަސައްކަތަށް ބަލައި، މުވައްޒަފުންނާއި މެދު އަމަލުކުރަން އޮންނަ ގޮތުގެ މަތިން އެޅުނު ފިޔަވަޅެއް ކަމަށްވެސް އެބޭފުޅާ ވިދާޅުވެފައިވެއެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ތަނެކެވެ. އަދި މިތަނަކީ ގިނަ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ތަނެކެވެ.