Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އަންހެނެއް ކަމަށް ހެދިގެން ޖަލަކުން ފިރިހެނަކު ފިލަން އުޅެފި

އަންހެނެއް ކަމަށް ހެދިގެން ބްރެޒިލްގެ ރިއޯ ޑެ ޖެނީރޯގެ ޖަލަކުން ފިރިހެނަކު ފިލަން އުޅެފިއެވެ. ކްލައުވީނޯ ޑަ ސިލްވާ ނަމަކަށް ކިޔާ މި މީހަކީ އެ ޤައުމުގެ ގޭންގު ލީޑަރަކެވެ. އަދި އޭނާ މަޝްހޫރު ވެފައިވަނީ ޝޯރޓީގެ ނަމުންނެވެ.

ކްލައުވީނޯ ފިލަން މަސައްކަތް ކޮށްފައިވަނީ އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅު އޭނާއަށް ޒިޔާރަތް ކުރަން ޖަލަށް ދިޔުމުން އެކުއްޖާ ކަމަށް ހެދިގެންނެވެ. އެގޮތުން އޭނާވަނީ ދަރިފުޅު ކަމަށް ހެދުމަށްޓަކައި އެކުއްޖާގެ ހެދުންލައި، މޫނުގައި ސިލިކޮން މާސްކެއް އަޅާފައެވެ. މީގެ އިތުރުން އޭނާ ނިކުންނަން މަސައްކަތްކުރީ ބޮލުގައި އިސްތަށިގަނޑެއްވެސް އަޅައިގެންނެވެ.

އެ ޤައުމުގެ ފުލުހުން ބުނެފައިވާގޮތުގައި އޭނާއަކީ އަސްލު އަންހެނެއް ނޫންކަމަށް އެމީހުންނަށް ޝައްކުވީ އޭނާ ހާސްވެފައި ހުރިވަރުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ޖަލުން ނިކުތީ ދަރިފުޅު ޖަލުގައި ބަހައްޓާފައެވެ. އޭނާ ހިފަހައްޓައި، މިހާދިސާގެ ވީޑިއޯވެސް ވަނީ އެޤައުމުން އާންމުކޮށްފައެވެ.