Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ޑްރަގް ޓެސްޓަކަށް ބަނޑުބޮޑު އަންހެނެއްގެ ޔޫރިން ދީގެން ޑީޖޭ ކޫޕަރ ސަސްޕެންޑްކޮށްފި!

ކުރީގެ އޯހައިއޯ ޔުނިވަރސިޓީ އަށް ކުޅުނު މަޝްހޫރު ޔޫރަޕްގެ މަޝްހޫރު ބާސްކެޓްބޯލް ކުޅުންތެރިޔާ ސަސްޕެންޑްކޮށްފިއެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ޑްރަގް ޓެސްޓަކަށް އެހެން މީހެއްގެ ޔޫރިން ދިންކަން ފަޅާއެރުމުންނެވެ.

މިކަން ފަޅާ އެރީ އޭނާ ދިން ޔޫރިން ސާމްޕަލްގައި މާގިނައިން ކޮރިއޮޮނިކް ގޮނަޑޮޓްރޮޕިން ހުރުމުންނެވެ. ކޮރިއޮޮނިކް ގޮނަޑޮޓްރޮޕިން ނުވަތަ އެޗް.ސީ.ޖީއަކީ ބަނޑުބޮޑު އިރު ޕްލެސެންޓާއިން ބޭރުކުރާ އެއްޗެކެވެ. އާރުޓީވީ ސްލޮވޭނިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ދީފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާގެ ޔޫރިންއެވެ.

އޭނާ ފޮރުވަން އުޅުނީ ކޮންކަމެއްކަމެއް ރިޕޯޓުތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ޔޫރިން ސާމްޕަލް ދީފައިވަނީ އަންހެން މީހާ ބަނޑުކަން އެމީހުންނަށް ނޭނގިއެވެ.

އޭނާ މިޓެސްޓް ހަދާފައިވަނީ ބޮސްނިއާގެ ޓީމަކަށް ކުޅެން ތައްޔާރުވަމުން ދަނިކޮށެވެ. އަދި މިކަމާ ގުޅިގެން އޭނާ ވަނީ 20 ޖޫން 2020 އާއި ހަމައަށް ސަސްޕެންޑް ކޮށްފައެވެ.