Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ބިޝާމް އަކީ ޔާމީންގެ ވަކީލް: ޖާބިރު

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އަކީ ކުރީގެ ރައީސް ޔާމީންގެ ވަކީލު ކަމަށާއި އެކަމަނާއަށް އެއްވެސް އިތުބާރެއް ނުކުރެވޭކަމަށް ޑީއާރުޕީގެ ލީޑަރ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ބިޝާމުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖްލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މަޖްލިސްގައި އެންމެ ހިންގުންތެރި އެއް މެމްބަރުގެ ގޮތުގައި ފާހަގަކުރެވޭ ޖާބިރު މިއަދު ވިދާޅުވީ ބިޝާމް މަސައްކަތް ކުރައްވާފައިވަނީ ޔާމީންގެ ވަކީލެއްގެ ގޮތުގައި ކަމަށާއި އެކަމަނާގެ މައްސަލަ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާނެކަމަށެވެ.

ޕީޖީގެ މަގާމުން ބިޝާމު ވަކިކުރުމަށް އެމްޑީޕީން މަސައްކަތް ނުކުރާކަމަށް ބުނެ އެޕާޓީގެ އާއްމު މެމްބަރުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ޕީޖީން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތާއި ގުޅޭ ގޮތުން އެތައް ބައެއްގެ ފާޑުކިއުން ވަނީ ބިޝާމުއަށް އަމާޒުވެފައެވެ.

އެގޮތުން ޔާމީންގެ ވެރިކަމުގައި ބިޝާމްއަކީ ޔާމީންގެ "ޕަޕެޓެއް"ގެ ގޮތުގައި އެމްޑީޕީގެ އިސް ބޭފުޅުން ސިފަ ކުރިއެވެ. ނަމަވެސް މަޖްލިސްގެ ސުޕަ މެޖޯރިޓީ އާއި އެކުވެސް ބިޝާމް އާއި މެދު އެެއްވެސް ފިޔަވަޅެއް އެެޅިފައި ނުވެއެވެ.