Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ބޭންކުން މައުލޫމާތެއް ހޯދަން ކޯޓު އަރެއް ބޭނުމެއް ނުވާނެ: ހުކުމް

ކޯޓު އަމުރެއް އޮވެގެން ނޫނީ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރި ދައުވާ ދައުވާގައި ބޭންކާ ދެކޮޅަށް ހުކުމް ކޮށްފިއެވެ.

މީގެކުރިން ސިވިލް ކޯޓުން ވަނީ ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށް ބީއެމްއެލްއިން ސިވިލް ކޯޓުގައި އެދުނު ގޮތަސް އަމުރު ނެރެދެވެން ނެތް ކަމަށް ބުނެފައެވެ.

ސިވިލް ކޯޓުން ބީއެމްއެލްއާ ދެކޮޅަސް ކުރި ހުކުމުގައި ބުނެފައިވަނީ ރިޔާސީ ކޮމިޝަންތަކާއި އެހެން ތަހުގީގީ އިދާރާތަކުން ވެސް ބޭންކުން މައުލޫމާތު ހޯދުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި ހުކުމްގައި ބުނެފައިވަނީ ހައިކޯޓުގެ ހުކުމަކީ އެކައުންޓެއް ފްރީޒުކުރި މައްސަލައެއްގައި، އެ ފްރީޒުކުރި އަމުރު ނެރުމުގައި އިޖުރާއަތްތަކާ ހިލާފުވި ކަމަށް ކަނޑައެޅި ހުކުމެއް ކަމަށެވެ. އޭގައި ބޭންކުން މައުލޫމާތު ދިނުމުގައި ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ނުބައި އިޖުރާއަތެއް އޮތް ކަމަށް ކަނޑައަޅާފައިނުވާ ކަމަށެވެ. ހުކުމްގައި ބުނެފައިވަނީ ބޭންކިންގ ގާނޫނުގައި މައުލޫމާތު ފޯރު ކޮށްދޭން ޖެހޭ ހާލަތްތައް ކިޔާދީފައިވާ ކަމަށެވެ. އެހެންކަމުން އެއާ އެއްގޮތަށް ބީއެމްއެލްއިން އަމަލު ކުރަން ޖެހޭނެ ކަމަށްވެސް ހުކުމްގައިވެއެވެ.

މީގެކުރިން ޖިނާއީ ތަހުގީގުކުރާ އިދާރާއަކުން އެދޭ އެފަދަ މައުލޫމާތު ދޫކުރުމަށް ބޭންކިންއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މައުލޫމާތު ބޭންކުން އައީ ތަހްގީގީ އިދާރާތަކާ ހިއްސާކުރަމުންނެވެ.