Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މަދުން ނޫނީ ނުފެންނަ ލޭގެ ވައްތަރެއްގެ ލޭ ހަދިޔާ ކޮށްގެން 100 މީހުންގެ ފުރާނަ ސަލާމަތްކުރަނީ

Photo: Mirror.co.uk

52 އަހަރުގެ ސޫ އޯލްޑްސް އަކީ ލޭގެ ގުރޫޕެއް ކަމަށްވާ -D- ނުވަތަ ޑޭޝް ޑީ ޑޭޝް ހުންނަ މީހެކެވެ. ދުނިޔޭގައި މިވަގުތު މި ލޭގެ ގުރޫޕް ހުންނަ މީހުންގެ އަދަދަކީ 110 އެވެ. އޭގެ ތެރެއިން މުޅި ޔޫކޭގައިވެސް މި ލޭ ހުންނަނީ ސޫގައި އެކަންޏެވެ.

ސޫ ވަނީ މިހާތަނަށް 46 ފަހަރު ލޭ ހަދިޔާ ކޮށްފައެވެ. އަދި މީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވެފައިވާއިރު، އޭގެ ތެރޭގައި ތުއްތު ކުއްޖަކުވެސް ހިމެނެއެވެ. ނޭޝަނަލް ހެލްތު ސަރވިސަސް ބްލަޑް އެންޑް ޓްރާންސްޕްލާންޓް އޯގަނައިޒޭޝަނުން ބުނާ ގޮތުގައި ސޫ މިގޮތައް ލޭ ހަދިޔާ ކުރާނަމަ، ސޫއަށް 100 މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެއެވެ.

މިކަން ހާސިލުކުރުމަށް ސޫ ވަނީ އެ ސަރވިސްގެ ލިވަޕޫލްގައި ހުންނަ ފްރޯޒެން ބްލަޑް ބޭންކުގައިވެސް ލޭ ބަހައްޓާފައެވެ. އެއީ ކުއްލި ހާލަތެއްގައިވެސް މީހަކަށް ލޭ ބޭނުންވެއްޖެ ހާލަތެއްގައި ލޭ ފޯރުކޮށްދެވޭނެ ގޮތަށެވެ.

1994 ވަނަ އަހަރު ލޭ ހަދިޔާ ކުރި ސޫއަށް މިލޭގެ ވައްތަރުގެ ޚާއްސަކަން އެނގުނީ އަދި ކިރިޔާ މިއަހަރެވެ. މިލޭގެ ވައްތަރު ޚާއްސަ ވަނީ މި ލެޔަކީ ރިސަސް ބްލަޑް ގްރޫޕް ސިސްޓަމްގެ ވައްތަރަކަށް ވެފައި، އާރު އެޗް ގެ ކޮންމެ ވައްތަރެއްގެ ލޭ ހުންނަ ކޮންމެ މީހަކަށްވެސް މިލޭ ބޭނުން ކުރެވޭނެތީއެވެ. ނަމަވެސް މި ލޭ ހުންނަ މީހުންގެ ގަޔަށް އެހެން ކަހަލަ ލެއެއް އަޅައިފިނަމަ މަރު ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ސޫ ބުނަނީ "އެއް އެޕޮއިންޓްމެންޓުން ލޭ ހަދިޔާކޮށް ނިމޭއިރަށް ދެވަނަ އެޕޮއިންޓްމެންޓް ހަދަން ގުޅަން. މިއީ އަސްލު މާ ބޮޑު ކަމެއް ނޫން – ކޮންމެ ހަތަރު މަހަކުން އެއް ދުވަހުގެ އެންމެ ގަޑި އިރެއް. އަހަންނަށް އިނގޭ މިކަމުން އެކްސިޑެންޓް ވާ މީހުންނާ، މާބަނޑު އަންހެނުންނަށް ވަރަށް ފައިދާ ވާނެކަން. އެހެންކަމުން އަހަރެންގެ އެދުމަކީ ކޮންމެ މީހަކުވެސް ލޭ ހަދިޔާ ކުރުން."

ސޫގެ ގައިގައި ހުންނަ ލޭގެ ވައްތަރު ހުންނަ 110 މީހުން ދުނިޔޭގައި ތިބި އިރު، އޭގެ ތެރެއިން 88 މީހުން ދިރިއުޅެނީ ޖަޕާނުގައެވެ.