Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

ހަވީރެއި ކުލަ ޖަހާއް ނިއެތާ؟ އަސިރަށް ފަހި ހިތަދޫ ޓްރެކާއި!

އީދު ކުޅިވަރުތަކުގެ ތެރެއިން ފެންކުޅި؛ ފޮޓޯ - އަވަސް

ބޮނޑަ އީދި މިފަހަރަ މިޅި އައްޑޫއެ ވަރަށް ކުލަ ގަދަކޮށް އައްޑޫ ދަރިން ފާހަގަކެރަމުން ތެބެ އެތާ. އެއާއި އެތެރެ މިފަހަރަ ތެބޮއް ކުރީ ޒަމާނެއް އޮންނެ ފެން ކުޅި ކޮޅުމަސް. ކުލަ ޖަހައި މަޖާއް ނަގާއް އީދި ސަމާ އިންތިޒާމު ކެޑެ އައްޑޫ ފުރެންޑްސް މިކަން ރާވަފެއި އޮތީ ހިތަދޫ ފަތާ ޓްރެކާއި ދޮރެ.

އަސިރަށް ފަހަށް، ހަވީރެއި ހަތަރަކުން ކުލަ ޖެހުން ފަށާހެއް އަދި އިރިފުހޭ ތާން މިކުޅިވަރަ ކޮޅުން އޮންނެހެއް އެސަރަހައްދެ. އާންމުންނަށް އުދަގު ނިވޭހެއް ގޮތަށް މިފަހަރަ މިކަން ހަމަޖައްސަފެއި މިއޮތީއަސް ވަކި ސަރަހައްދަކި.

އެހެންމެއި ކުދު ބޮނޑަ އެންމެންނަސް ބޮނޑަ އީދި ކުލަގަދަ ކޮށް ފާހަގަ ކެރާއް މިއީދިސަމާއި އެކި ގޮއްގޮތުން ބައިވެރިވެ ގުޅުން ބަދަހި ކެރާއް ކުލަ ޖަހާށަސް އޭއްވީ.

އައްޑޫ ފުރެންޑްސް އިން އެދެނީ ވީހެއި އަސް ގިނަ ބާކިން މިއާއް ގޮސް އީދި އުފަލި ބައިވެރިވެ ނެތެމުން އޭ އިހު އާދަކާދަ އަލުން އާލާކޮށް ގުޅުން ބަދަހި ކެރާއް.