Last Updated: April 24, 10:13
Wednesday, April 24, 2024
ޚަބަރު

އައްޑޫގައި ޔޫތު ލީޑަރޝިޕް ޕްރޮގްރާމެއް ބާއްވަނީ

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގައި ޔޫތު ލީޑަރޝިޕް ޕްރޮގްރާމެއް ބާއްވަން ހަމަޖެހިއްޖެއެވެ.

މި ޕްރޮގްރާމަކީ ކޭމްޕެއް ގޮތަށް ސެޕްޓެމްބަރ 3 އިން 7 އަށް ބާއްވާ ޕްރޮގްރާމެކެވެ.

އައްޑޫގެ ކޮންމެ ރަށަކުންވެސް ކުދިންނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ މި ޕްރޮގްރާމުގައި ބައިވެރިވެވެނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމްގައި ޒުވާނުން ބާރުވެރި ކުރުވާ، މުޖުތަމަޢުއާ ގުޅުން ހުރި އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އެގޮތުން ސަޤާފަތާއި ތަރިކަ، ޑިމޮކްރަސީ، މުޖުތަމަޢުގައި ޒުވާނުންގެ ދައުރު ފަދަ ކަންކަމަށް އަލިއަޅުވާލެވޭނެއެވެ.

5 ދުވަހުގެ މުއްދަތައް ބާއްވާ މި ކޭމްޕަކީ ޔޫއެންޑީޕީ އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް އިން ރާވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.