Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އައްޑޫ ދެ ރެސްޓޯރަންޓަކުން 24 ގަޑިއިރު ޚިދުމަތް ދެނީ

އައްޑޫ ސިޓީގައި ދެ ރެސްޓޯރަންޓަކުން 24 ގަޑިއިރު ޚިދުމަތް ދޭން ހުއްދައަށް އެދުމުން ސަރުކާރުން ހުއްދަ ދީފިއެވެ.

ހުއްދަ ދީފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ "ހޮޓް ބޮކްސް ކެފޭ" ގެ އިތުރުން ފޭދޫ ބަނދަރު ސަރަހައްދުގައި ކުރީގެ ސީހައުސް އިމާރާތުގައި މިހާރު ހަދާފައިހުރި "ތްރީ އެސް ލޯންޖް" އަށެވެ.

މިސަރުކާރު އައުމަށް ފަހު އަނެއްކާވެސް 24 ގަޑިއިރު ވިޔަފާރި ކުރަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ހުއްދަ ދެނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ޝަރުތުތަކެއް ހަމަވާ ތަންތަނަށެވެ.

އަދި ކައުންސިލުން ނިންމީ ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނީވެސް ވަކި ސަރަހައްދުތަކެއްގައި ހުންނަ ވިޔަފާރިތަކަށެވެ. ހިތަދޫން ކަނޑައެޅި ސަރަހައްދުތަކަކީ ބަނދަރާއި ޒިޔާރަތްފަންނުގެ އިތުރުން ހޮސްޕިޓަލް ހުރި ސަރަހައްދެވެ. ފޭދޫން ބަނދަރާއި ސިއްހީ މަރުކަޒު ސަރަހައްދެވެ.