Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި ވައްކަންކޮށްފި

އައްޑޫ ސިޓީ ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި ވައްކަންކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ފޭދޫ ޕޯސްޓު އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ދެ ސީޕީޔޫ އާއި ޕްރިންޓަރެއްގެ އިތުރުން ސްކޭނަރެއް ކަމަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.