Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ކުލަ ޖެހުމުގެ ތެރޭގައި އަންހެނަކާ ބެހުނު މައްސަލައެއް ބަލަނީ

ތ.ވޭމަންޑޫގައި އަޟްހާ އީދުގެ މުނާސަބަތުގައި ކުލަ ޖެހުމުގެ ހަރަކާތުގެ ތެރެއިން އަންހެނަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 14:50 ހާއިރު ކަމަށާއި 19 އަހަރުގެ އެ އަންހެން މީހާއާ މެދު ބަދަ އަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވެނީ 31 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 19:50 ހާއިރު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.