Last Updated: April 26, 17:02
Friday, April 26, 2024
ކުޅިވަރު

އޮބަމަޔަންގެ ގޯލުން އާސެނަލް މޮޅުވެއްޖެ

2-1 އިން ބާންލީ ބަލިކުރުމަށްފަހު ޕްރިމިއާ ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް އާސެނަލް މޮޅުވެއްޖެއެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އާސެނަލް މޮޅުވީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅެ 1-0 އިންނެވެ.

އާސެނަލްގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 13 ވަނަ މިނެޓްގައި ލަކަޒެޓް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށްފަހު ވެސް އާސެނަލް އިން ވަނީ ބާންލީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް މި ހާފުގައި ފޮނުވާލާފައެވެ.

އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗުގެ 43 ވަނަ މިނެޓްގައި އޭޝްލީ ބާންސް ވަނީ ބާންލީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި އާސެނަލް އިން ދިޔައީ ކައިރިކައިރީގައި ބާންލީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އާސެނަލް އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ބާންލީގެ ގޯލްކީޕަރު ޕޯޕްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ނަމަވެސް މެޗުގެ 64 ވަނަ މިނެޓްގައި އާސެނަލްގެ ފޯވާޑް އޮބަމަޔަންގެ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން ތިން ޕޮއިންޓު އާސެނަލް އަށް ކަށަވަރުކޮށްދީފައެވެ.

މިއަދުގެ މެޗުން އާސެނަލް މޮޅުވިއިރު މިއީ 2009 ވަނަ އަހަރަށްފަހު ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން އާސެނަލް މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ.