Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ޕީސީބީން ނިޒާރު އިސްތިއުފާ ދެއްވައިފި

މުހައްމަދު ނިޒާރު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މުހައްމަދު ނިޒާރު އިސްތިއުފާ ދެއްވައިފިއެވެ.

ޕީސީބީގެ ރައީސްގެ މަގާމުގައި ހުންނެވި ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައެވެ.

ޕީސީބީން ނިޒާރު އިސްތިއުފާ ދެއްވާފައި މިވަނީ އެ ބޯޑު އަލުން އެކުލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޕީސީބީ ބޯޑު މެމްބަރުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ.

ނިޒާރު އެ ބޯޑުން އިސްތިއުފާ ދެއްވުމުން މިހާރު އެ ބޯޑުގައި ތިއްބެވީ މެމްބަރު އަލީ ވާސިފް، މެމްބަރު އަޝްރަފް އަލީ، މެމްބަރު ހުސެއިން އަލީ ހަބީބް އަދި މެމްބަރު އަލީ ޝުޖާއުއެވެ.