Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ފޮނުވައިފި

ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު

ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓެއް މިއަދު މަޖިލީހަށް ފޮނުވައިފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ފޮނުވި ނަމަވެސް އެ ބަޖެޓާ ގުޅޭ އެއްވެސް ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެކަން ހާމަކުރުމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން އެފަދަ ބަޖެޓެއް ހުށަހަޅަނީ 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ހުސްވުމާ ގުޅިގެން ކަމަށް ބުނެފައެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.

އެގޮތުން ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓް ހުށައަޅަނީ ބޭރު ގައުމުތަކުން ލިބުނު އެހިތަކާއި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އެހީތަކާއެކު މަޝްރޫއުތަށް ކުރިއަށްގެންދިއުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.