Last Updated: April 26, 23:00
Friday, April 26, 2024
ކުޅިވަރު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބާއްވަން ރާއްޖޭން ބިޑު ކުރަނީ

2020 ވަނަ އަހަރު ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބާއްވަން ރާއްޖޭން ބިޑު ކުރުމަށް ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް މިރޭ ވިދާޅުވީ ނޭޕާލުގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯނުގެ އާންމު ޖަލްސާގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި ސެންޓްރަލް ޒޯން ބޭއްވުމަށް ބިޑްކުރާނެ ކަމަށެވެ.

މި މުބާރާތް ބާއްވަން ރާއްޖެ އިން ބިޑު ކުރާއިރު 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ފުރުސަތު ވެސް ރާއްޖެ އަށް ވަނީ ލިބިފައެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް މިއަހަރު ބާއްވަނީ ނޭޕާލްގައި ކަމަށްވާއިރު މި މުބާރާތުގެ ސެމީ އަށް ރާއްޖެ ވަނީ މިއަދު ދަތުރުކޮށްފައެވެ.