Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އައްޑޫ ތަރައްގީއަށް ބޮނޑަ ޕްރޮޖެކްޓަށް ތެބެ ވިސްނަން: އުގެއިލް

އައްޑޫ ތަރައްގީވެ ކުރިއަރަގެން އޭނެއި ބޮނޑަ ޕްރޮޖެކްޓަށް މިތާން އާސްގެން ކަމަށް ގަބޫލު ކެރާ ކަމަށާއި އެކަމާއިގެން ވޭނޑޭ ކަމަށް މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ބެނަފި.

އުގެއިލް އަދަ ކެޑެ އެފްބީ ޕޯސްޓަކީ ބެނަފެއި އޮތީ، "އައްޑޫ ކުރިއަރުވާއް ބޭނުންފެހޭ މިކޯ އަފިންނަށް ބޭނުންވެނީ ވަރަށް ތަފާތި ވަރަށް ބޮނޑޮ ޕްރޮޖެކްޓަށް. އަވަ މިކޯ އެކަމާއި ވަރަށް ތެބެ ވިސްނަން،" ކަމަށް.

އައްޑޫ އަށް އުފަން އުގެއިލަކީ ހިސާބާއި ކޮމްޕިއުޓަރަ ސައިންސުގެ މަގުން މައްތަށް ކިޔަވަގެން ދުނިޔެއެއި ރާއްޖޭގެ އެކި ކަންކަމަށަސް ހިދުމައް ކެރަމުން އޭ ދަރިއައް. އައްޑޫ ތަރައްގީ ކެރާއް އުގެއިލް މަސައްކައް ފަށަފެއި ވެނީ އިނގިރޭސިން އެރިގެން ގޭ ފަހުން އައްޑޫއައް ލިބޭއް ޖެހޭ ތަރައްގީ ނިގިނެވި އެތައް އަހަރައް ފަހަތި ރައްޔިތުން ތިބެއި އެތައް ބާކިން އެކަމާއި ވާހަކަ ދައްކަމުން އޭ ދަނޑިވަޅަކި.