Last Updated: April 27, 10:10
Saturday, April 27, 2024
ޚަބަރު

ޓެކްސީއެއްގައި ބެހެއްޓުނު އެއްލައްކަ ރުފިޔާ ހޯދައިދީފި

މާލޭގައި ދުއްވާ ޓެކްސީތަކެއް

ޓެކްސީއެއްގައި މީހަކަށް ބޭއްވުނު އެއްލައްކަ ރުފިޔާ ހިމެނޭ ދަބަހެއް ފުލުހުން މިއަދު ހޯދައިފިއެވެ.

ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ މިކަމާ ގުޅޭ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:20 ހާއިރު ކަމަށެވެ.

އެއާއެކު ސީރިއަސް އެންޑް އޯގައިނައިޒް ކްރައިމް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން އެ ފައިސާތައް ހޯދާފައިވާ ކަމަށާއި، އެ ފައިސާތައް ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖްގެ އެހީގައި އެ ޓެކްސީ ހޯދައިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި އެ ފައިސާ މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.