Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ސައިކަލަކުން ޖެހި ކުއްޖަކަށް އަނިޔާވެއްޖެ

އއ.އުކުޅަސް - ފޮޓޯ: ރާއްޖެއެމްވީ

އއ.އުކުޅަހުގައި ހިނގާފައި ދިޔަ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެ ކުއްޖާ އަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އުކުޅަހުގައި މަގުމަތިން ހިނގާފައިދިޔަ ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ދުއްވާފައިދިޔަ ސައިކަލުން ޖެހި މިއަދު ހަވީރު 17:15 ހާއިރު އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

އެ ކުއްޖާއަށް ބޭރުފުޅުން ލިބިފައިވާ އަނިޔާއަކީ ކަކުލުން ތަންކޮޅެއް ހަން ގޮސްފައި ހުރުން ކަމަށާއި، ކުއްޖާ އަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު އިތުރު އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ރަސްދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެއް ކަމަށްވާއިރު އޭނާގެ އަތުގައި ލައިސެންސް ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓުގެ މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.