Last Updated: April 16, 19:25
Tuesday, April 16, 2024
ޚަބަރު

"އެންމެ އަހުލާގު ރަނގަޅީ އައްޑޫ ހައި ސްކޫލް ކުދިން"

ކ. ފަރާތުގައި ނަދީމް ރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރިމެހްމާން އިމާދު ސޯލިހް އާއި އެކު ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.

ރާއްޖޭގެ އެންމެ އަހްލާގު ރަނގަޅު ކުދިން ކިޔަވަމުން ދަނީ އައްޑޫ ހައި ސްކޫލްގައި ކަމަށާއި، އެކަން އޭ ލެވެލް އިމްތިހާން ނިމުނު ދުވަހު ފެނިގެން ދިޔަ ކަމަށް އައްޑޫ ހައިސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ހައިސްކޫލްގެ ފުރަތަމަ ބެޗްގެ 192 ދަރިވަރަންގެ ގްރެޑުއޭޝަން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަދީމް ވިދާޅުވީ އައްޑޫ ހައިސްކޫލްގެ ކުދިންގެ އަހްލާގާއި ކިޔެވުން ރާއްޖޭގެ އެހެން ސްކޫލްތަކަށް ވުރެ ރަނގަޅު ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަން ފެނިގެން ދިޔަ އެންމެ ފަހު އިމްތިހާނު ނިންމާފައި ދަރިވަރުން ނިކުމެގެން ދިޔަ ތަނުގެ ފޮޓޯ ފެނުނު ނޫސްތަކުގެ ފޮޓޯ ގެލެރީ ތަކުން. އަިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސްކޫލުން ނިންމި ކުދިންގެ ފަރާތުން އެކަހަލަ އެއްވެސް މަންޒަރެއް ފެނިގެން ނުދޭ." އޭނާ ވިދާޅުވި އެވެ.

ނަދީމް ވިދާޅުވީ އައްޑޫ ހައިސްކޫލް ކުދިންގެ އަހްލާގާއި އެއްވަރަށް އެސްކޫލްގެ ނަތީޖާއާއު މެދުވެސް ހިތް ހަަމަ ޖެހޭ ކަމަށެވެ. އެގޮތުން އެ ސްކޫލުން މިދިޔަ އަހަރު ނިންމި ދަރިވަރުންގެ ތެރެއިން 10 ކުއްޖަކު ރާއްޖޭގެ ޓޮޕް 10 ގައި ހިމެނުނު އިރު ރާއްޖޭގެ އެންމެ މޮޅު ޓީޗަރުންނާއި މޮޅު މީހުންގެ ކުދިން ކިޔަވާ ވިލާ ހައި ސްކުޅްގެ އެއްމެ ކުއްޖަކުވެސް ހިމެނިފައި ނުވާ ކަމަށެވެ. އެކަމުން ވެސް ދޭހަވަނީ ސްކޫލްގެ ކިޔެވުން ވެސް މި ފަދަ އެހެން ސްކޫލްތަަކަށް ވުރެ ރަނގަޅު ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސާލިހް ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ނަދީމްވަނީ ސްކޫލަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ދައްކާފަ އެެވެ.

އެގޮތުން އިސްލާމިއްޔާ ސްކޫލްގެ ގޮތުގައި ހުރި ސްކޫލް މީގެ ދެ އަހަރު ކުރިން ހައިސްކޫލަކަށް ބަދަލު ކުރުމުން ނިމުނީ ނޫން ކަމަށާއި ހައި ސްކޫލަކަށް ބޭނުންވާ ވަސީލަތްތައް ސްކޫލުގައި ގާއިމްކޮށްދިނުމަށް ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސަރުކާރަށް ގޮވާލާފަ އެވެ.

ނަދީމް ވިދާޅުވީ ސްކޫލާއި ހަވާލުވި ދުވަހުން ފެށިގެން ސްކޫލް ހޯލެއް ނެތުމުގެ ޝަކުވާ އާއި ކްލާސް ރޫމްތަކުގެ ޝަކުވާ މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ބަޖެޓްގައި ހިމެނުމަށް މިނިސްޓްރީން ބުނާ ކަމަށެވެ. ނަމެވެސް ބަޖެޓްގައި ހިމެނުމުން ކޮންމެ ފަހަރަކުވެސް އުނިކޮށްލާ ކަމަށް ނަދީމް ވިދާޅުވި އެވެ.

ނަދީމް ވިދާޅުވީ އައްޑޫ ހައި ސްކޫލަށް ވަރަށް ގިނައިން ސަރުކާރުން އެހެން ސްކޫލްތަކުން ކަމުނުގޮސްގެން ރިޖެކްޓް ކޮށްލާ ޓީޗަރުން ފޮނުވަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.
އަދި އެގޮތަށް އެހެން ސްކޫލްތަކަށް ކަމުނުދާ ޓީޗަރުން އައްޑޫ ހައިސްކޫލަށް ނުފޮނުއްވުމަށް އިމާދު ސޯލިހްއަށާއި މިނިސްޓްރީ އަށް ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންވެސް ބޭނުމެއް ނޫން އެހެން ސްކޫލްތަކުން ރިޖެކްޓް ކޮށްލާ ޓީޗަރުން. އެފަދަ ޓީޗަރުން އަޅުގަނޑުމެންވެސް ރިޖެކް ކުރާނީ." އޭނާ ވިދާޅުވި އެވެ.

ނަދީމް އިތުރަށް ވިދާޅުވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓްރަކަށް އިމާދު ސޯލިހް ހެމެޖެހުނު ހިސާބުން ފެށިގެން އައްޑޫ ހައިސްކޫލާއި ނަދީމްގެ ބެލުމުގެ ދަށުގައި ހުރި ޝަރަފުއްދީން ސްކޫލާއި ހިތަދޫ ސްކޫލްގެ ހުރި ދަތިތައް ފިލުވައި ދެއްވުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އައްޑޫ ހައި ސްކޫލްގައި އިމާރާތްކޮށް ނިމެން ކައިރިވެފައިވާ ތިން ކްލާސް ރޫމަށް އަލި އަޅުވާލެއްވި އެެވެ.

މި ރަސްމިއްޔާތުގައި ގްރެޖްއޭޓްވި ދަރިވަނުންނަށް އެކުދިންގެ ހަޔާތުގައި ކުރިއަށް ދިއުމަަށް ނަސޭހަތްތެރިވެ ކޮންމެ މީހަކީ ވެސް ދުނިޔެ އަށް އައުމަށް ފަހު ފަނާވާނެ މީހެއް ކަމަށް ވިދާޅުވެ މީގެ ދެ އަހަރު ކުރިން މި ސްކޫލަށް ވަން ކުދިން މިއަދު ބޮޑުވެގެން އެ ކުދިން ގެ ހަޔާތުގެ މަންޒިލަށް ކާމިޔާބްކަމާ އެކު ދިއުމަށް ނަދީމް އިލްތިމާސް ކުރެއްވި އެވެ.