Last Updated: April 16, 09:23
Tuesday, April 16, 2024
ދުނިޔެ

ބޯރިސްގެ ކޮއްކޮ މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވައިފި

(Photo by Dan Kitwood/Getty Images)

އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ ކޮއްކޮ، ޖޯ ޖޯންސަން ވިޔަފާރިއާ ބެހޭ މިނިސްޓަރ އަދި މެމްބަރުކަމުން ވެސް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރު ކަމާއި ބޯރިސް ހަވާލުވި ފަހުން އޭނާއަށް ވަނީ އިދިކޮޅު ލޭބާ ޕާޓީގެ އިތުރުން އަމިއްލަ ޕާޓީގެ ވެސް ގިނަ މެމްބަރުންގެ ތާއީދު ގެއްލިފައެވެ. މެމްބަރުން ބުނަމުން އަންނަނީ ޖޯންސަން މަގާމުގައި ހުންނަވައި ގައުމުގެ މަސްލަހަތާ އެއްގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.

އެންމެ ފަހުން މަޖިލީހުގައި ނެގުނު ބްރެކްސިޓް ވޯޓުވެސް ޖޯންސަންއަށް ވަނީ ބޮޑުތަނުން ގެއްލިފައެވެ. މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ވަނީ އޭނާގެ ހުށައެޅުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

އިސްތިއުފާ ދެއްވަމުން ޖޯ ވިދާޅުވީ އާއިލީ މަސްލަތަށްވުރެ އިސް ކުރެވެން އޮތީ ގައުމުގެ މަސްލަހަތު ކަމަށްވާތީ މަގާމުގައި އިތުރަށް ދެމި ހުރެވެން ނެތް ކަމަށެވެ. 2009 ވަނަ އަހަރުން ފެށިގެން އޯޕިންގޓަން ތަމްސީލް ކުރައްވަމުން އައި ޖޯ ވަނީ ދާއިރާ ތަމްސީލް ކުރަން ލިބުނު ފުރުސަތަކީ ފަޚުރެއް ކަމަށެވެ.