Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަަހާރަވެއްޖެ

ޒިމްބާބްވޭގެ 30 އަހަރު ވެރިކަން ކުރެއްވި އެ ގައުމުގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަވަހާރަވެއްޖެއެވެ.

މުގާބޭއަކީ ޒިމްބާބްވޭގެ ފުރަތަމަ ބޮޑުވަޒީރުވެސް މެއެވެ. އެގޮތުން އޭނާ ވަނީ 1980ވަނަ އަހަރުން ފެށިގެން 1987ވަނަ އަހަރާއި ހަމައަށް އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އޭނާއަކީ ޒިމްބާބްވޭގެ ދެވަނަ ރައީސް އެވެ. އެގޮތުން 1987 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމަޔަށް މުގާބޭ ވަނީ އެގައުމުގެ ވެރިކަން ކޮށްފައެވެ. މުގާބޭ މިދިޔަ އޭޕްރީލް މަހުން ފެށިގެން ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދިޔައެވެ. އަދި އޭނާ އަވަހާރަވެފައިވަނީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް މައުލޫމާތް ލިބިއެވެ.

އިތުރަށް އޭނާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޒިމްބާބްވޭގެ އެފަރިކަން ނޭޝަނަލް ޔޫނިއަން 1975 ވަނަ އަހަރުން ފެށިގެން 1980 ވަނަ އަހަރާއި ހަމައަށް ޗެއާކަން ކުރެއްވި އެވެ. އަދި އޭނާއަކީ ނަން އެލައިންޑް މޫވްމަންޓްގެ 10 ވަނަ ސެކްރެޓަރީ ޖެނެރަލްވެސް މެއެވެ. ޒިމްބާބްވޭއަކީ މިނިވަން ކަމުގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.