Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ސްޓާޓް ބްރޭންޑްގެ ބެޓެރީ ރާއްޖެއަށް ތައާރަފުކޮށްފި

ޔޫރަޕްގެ ސްޓާޓް ބްރޭންޑްގެ ބެޓަރީ ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

މެރިން ޕަވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެތެރެކޮށް ވިއްކާ، މި ބެޓަރި ރަސްމީކޮށް ތައާރަފުކޮށް ދެއްވީ، ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭ ހަކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ މި ބެޓަރީއަކީ ރާއްޖެ ފަދަ ހޫނު ގަދަ މާހައުލުތަކަށް ހާއްސަކޮށްގެން “ޓްރޮޕިކަލައިޒްޑް” ކުރެވިފައިވާ ބެޓަރީއެކެވެ. އާންމު ހާލަތްތަކުގައި ނުގޮވާ ގޮތަށް “ފްލޭމް އެރެސްޓަރސް” ހަރުކުރެވިފައިވާ ބެޓަރީއެކެވެ.

މި ބެޓަރީގައި ބޭނުންކޮށްފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީކަމުގައިވާ “ލިބަރެންތު ސިސްޓަމު”ގެ ސަބަބުން ބެޓަރީގެ އެތެރޭގައި ފެނާއި ގޭސް ބަރާބަރަށް ދައުރު ވެ، ބެޓަރީގައި ހުންނަ ދިޔަ އާތްވަށް ބަދަލުވުން މަދުކޮށްދެ އެވެ. އަދި މި ނިޒާމުގެ ސަބަބުން ބެޓަރީގައި ހިމެނޭ އިލެކްޓްރޯލައިޓް ލީކުވުން ހުއްޓުވަ އެވެ.

މި ބެޓަރީ އުފައްދާފައިވަނީ ކަނޑުގަދަވިޔަސް، އަޑިގުޑަން ތަންތަނުގައި ދުއްވިޔަސް ލޮޅުންތަކާއި ތެޅުންތައް މައިތިރިކުރެވި ބެޓަރީގެ އެތެރޭގެ ނިޒާމަށް ލިބޭ ގެއްލުން ކުޑަކުރެވޭ ގޮތަށެވެ.

ސްޓަރޓް ބްރޭންޑްގެ ބެޓަރީގެ ވައްތަރުތަކުގެ ތެރޭގައި، އޮޑި ދޯނިފަހަރާއި ލޯންޗް ފަހަރާއި އާގުބޯޓާއި އެހެނިހެން ކަނޑު އުޅަނދުފަހަރާއި ކާރާއި ޕިކަޕާއި ލޮރީ ބަހުގެ އިތުރުން އެއްގަމުގައި އިލެކްޓިކް ވެހިކަލާއި ހެވީ ވެހިކަލާއި އަސްކަރިއްޔާގެ ހާއްސަ އުޅަނދު ފަހަރަށް ހާއްސަ ބެޓަރީ ހިމެނެ އެވެ.