Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ދީނަށް ފުރައްސާރަ ކުރި މީހާގެ ބަންދަށް 15 ދުވަސް

ފޮޓޯ- ޕޮލިސް

ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔަމުންދިޔަ ގދ.ތިނަދޫ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން 36 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު 18:08 ހާއިރުއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އޭނާގެ މައްސަލައިގެ އިތުރުން އޭނާ އަށް އިންޒާރު ދިން މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާކޮށް ލިޔާ ލިޔުންތަކާއި އަދި ދީނީ ހަރުކަށި ލިޔުންތައް ލިޔާ ފަރާތްތަކަށް ފުލުހުން އަންނަނީ ފިޔަވަޅު އަޅާ މައްސަލަތައް ބަލަމުންނެވެ. ފުލުހުން ވަނީ މުޖުތަމައުގެ ސުލްހަ މަސަލަސްކަން ނަގާލަން އެފަދަ އަމަލުތައް ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.