Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ބައި ލައްކައަށް ވުރެ ގިނަ ބަނގުރާ ނައްތާލައިފި

ބައި ލައްކައަށް ވުރެ ގިނަ ބަނގުރާ ފުޅި ކަސްޓަމްސް އިން ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައިވަނީ މިދިޔަ ހޯމަ ދުވަހު މާލެ އަތޮޅު ތިލަފުށީގައި ކަމަށެވެ.

ކަސްޓަމްސްއިން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 51621 ބަނގުރާ ފުޅި (19،785.15 ލީޓަރު)، 782 ބަނގުރާ ޕެކެޓް ( 2460 ލީޓަރު) އަދި ތިން ބަނގުރާ ދަޅު (0.99 ލީޓަރު) އެވެ.

ކަސްޓަމްސް އިން ބުނީ އެތަކެއްޗަކީ އެތަނުގެ އާއްމު ގަވައިދުގެ 264 ވަނަ މާއްދާ އާއި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލު ކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

އެކި ސަބަބުތަކާ ހުރެ ކަސްޓަމްސްގައި ހިފަހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ،