Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ވަކިން ސިނގިރޭޓު ވިއްކުން މަނާ ކުރުން، ބިދޭސީންނަށް ހުޅުވުނު އިތުރު ވިޔަފާރިއެއް!

ރާއްޖޭގެ ޒުވާނުން ދުންފަތާއި ދުރުުކުރުމުގެ މަގްސަދުގައި ވަކިން ސިނގިރޭޓު ނުވިއްކޭ ގޮތަށް ދުންފަތުގެ ބާވަތްތަކާއި ބެހޭ ގަވާއިދު މިވަނީ ބަދަލުކޮށްފައެވެ. އެއާއި އެެކު ވަކިން ސިނގިރޭޓު ވިއްކުމަކީ މިހާރު ރާއްޖޭގައި މަނާ ކަމެކެވެ.

މިއަހަރުގެ މޭއި 31 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ލޭބަލް ކުރެވިފައި ހުންނަން ޖެހޭނީ ފޮޓޯ އާއި އެކު ހިމެނޭ މެސެޖަކާއި އެކުއެވެ. މިފަދަ މެސެޖް ނެތި ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ. މީގެ އިތުރުން މި ގަވާއިދުގެ ދަށުން ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތަކުން ވަކިން ސިނގެރޭޓް ވިއްކުން ވަނީ މަނާކޮށްފައެވެ.

ސިނގިރޭޓު މަނާ ކުރުމުގެ ފައިދާ ކޮން ބަޔަކަށް؟

ސަރުކާރުން ސިނގިރޭޓު ވަކިން ވިއްކުން މަނާ ކުރީ ދިވެހި ޒުވާނުންނަށް ވިސްނައިގެން އެމީހުންގެ ސިއްހަތު ސަލާމަތް ކުރުމަށެވެ. ސިނގިރޭޓު ވަކިން ވިއްކުން މަނާ ކުރުމާއި ގުޅޭ ގޮތުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ހެލްތު މިނިސްޓްރީން އިސްނަގައިގެން ދުންފަތާއި ގުޅޭ ގޮތުން އެޅި ދެ ފިޔަވަޅަކީ ޒުވާނުން ދުންފަތާ ދުރުކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން ކުޑަކުދިނާއި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުން ދުރުހެލި ކުރުމާއި ހުރިހާ އުމުރެއްގެ މީހުންނަށް ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަކީ ގަވާއިދަށް ގެނައި އިސްލާހުގެ މަގްސަދެވެ. ނަމަވެސް އެ އަސްލު މަގްސަދު ހާސިލްވޭބާވައެވެ. މިއީ މިއަދު ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ވިސްނަން ޖެހޭ ބޮޑު މައްސަލައެކެެވެ.

ފައިދާ ބިދޭސީންނަށް، ގެއްލުން ޒުވާނުންނަށް، ގަވާއިދު ތަންފީޒެއް ނުވޭ!

ސިނގިރޭޓު ވަކިން ވިއްކުން މަނާ ކުރުމުގެ ބޭނުން މިއަދު ހާސިލެެއް ނުވެއެވެ. އެއުސޫލު ހެދި ފަހުން މިއަދާއި ހަމައަށްވެސް ވަކިން ސިނގިރޭޓު ވިއްކުން ނުހުއްޓެއެވެ. އެ ވިޔަފާރި އެގޮތަށް ދަނީ ކުރެވެމުންނެވެ. ސަރުކާރުން ބޭނުންވި މަގްސަދު ހާސިލެއް ނުވެއެވެ. ކެފޭ ރެސްޓޯރަންޓު އަދި ކަންމަތީ ފިހާރަތަކުން ޖީބަށް ސިނގިރޭޓު ފޮށި އަޅައިގެން ވަކިން "ފޮރުވިގެން" ތިބެ ސިނގިރޭޓު އެބަ ވިއްކައެވެ. މި ވިޔަފާރީގެ މުގުލުގައި މިއަދު ތިބީ ބިދޭސީންނެވެ.

މާލެ އާއި އަތޮޅު ތަކުގެ ކެފޭ ރެސްޓޯރެންޓު ތަކުގައި ބިދޭސީން ޖީބަށް ސިނގިރޭޓު ފޮށި ލައިގެން ވިއްކުން މިވަނީ އާއްމުވެފައެވެ. ބިދޭސީ ވެއިޓަރުންނާއި ކޭޝިއަރުންނަށް އިތުރު ވިޔަފާރީގެ ދޮރެއް މިވަނީ ސަރުކާރުން ހުޅުވާދީފައެވެ

ކެފޭ ރެސްޓޯރެންޓު އަދި ކަންމަތީ ފިހާރަތަކަށް ވަކިން ސިނގިރޭޓު ގަންނަން އޮންނަ ޑިމާންޑު ވަރަށް ބޮޑެވެ. ކުރިންވެސް އޮތް ޑިމާންޑަށް ވުރެ މި ގަވާއިދުގެ ފަހުން އުފެދުނު ޑިމާންޑު ބޮޑެވެ. އެހެންވެ ފަރުދާގެ ނިވަލުގައި މި ވިޔަފާރި މިވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.

ރާއްޖޭގައި ހިންގާ ގިނަ ކެފޭ ރެސްޓޯރެންޓު ތަންތަނުގެ ބާރު އޮތީ ބިދޭސީންނަށެވެ. ކަންމަތީ ފިހާރަތަކުގެ ބާރު އޮތީ ބިދޭސީންނަށެވެ. މަސް ދޯނި ފަހަރުން ފެށިގެން ގޮސް މާރުކޭޓުގެ ގޮޅިތަކުތައް ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. މި ހުރިހާ ބިދޭސީން މިއަދު މިވަނީ ވަކިން ސިނގިރޭޓު ނުވިއްކޭ ގޮތަށް ގެނެވެުނު އިސްލާހުން މަންފާ ހޯދަން ފަށާފައެވެ. މި ބިދޭސީންތައް މިއަދު އެދަނީ ލައްކައިން ފައިދާ ނަގަމުންނެވެ.

70 ރުފިޔާއަށް ވިއްކާ ސިނގިރޭޓު ފޮށިން ވަކިން ސިނގިރޭޓެެއް 5 ރުފިޔާއަށް ވިއްކައިގެން ފޮއްޓަކުން ފައިދާގެ ގޮތުގައި 30 ރުފިޔާ އެބަ ނަގައެވެ. ސިނގިރޭޓުގެ ވިޔަފާރިއަށް ބަލާއިރު ބައެއް ބިދޭސީން ދުވާލަކަށް 20 ފޮށި އެބަ ވިއްކައެވެ. އެއީ ދުވާލަކަށް ފައިދާގެ ގޮތުގައި 600 ރުފިޔާ އަދި މަހަކަށް ސާފު ފައިދާގެ ގޮތުގައި 18،000 ރުފިޔާގެ އާމްދަނީއެކެވެ. މިއީ ނިވަލުގައި ތިބެ ބިދޭސީން ކުރަމުން އަންނަ ބޮޑު ވިޔަފާރިއެކެވެ.

މި ގަވައިދު ތަންފީޒު ކުރެވޭނެތަ؟

ސިނގިރޭޓުގެ ޑިމާންޑު ވަރަށް ބޮޑެވެ. ގަވާއިދު ހަދައި ވަކިން ސިނގިރޭޓު ވިއްކާތޯ ސަރުކާރަށް ބެލޭނީ ކިހިނެއްތޯއެވެ؟

ދުންފަތާއި ބެހޭ ގަވާއިދަށް އަމަލު ކުރަން ފެށި ފަހުން ޖުލައި 1 ވަނަ ދުވަހު ވަކިން ސިނގިރޭޓު ވިއްކާތޯ ބެލުމަށް، ވިޔަފާރި ކުރާ ތަންތަން ބަލާ ފާސްކުރަން ނިންމިއެވެ. ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގަވައިދަށް އަމަލު ކުރާ މިންވަރު ދެނެގަތުމަށް އެ މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން އިދާރާތަކުން ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް މިކަން ބެލި ކަމެއް ނުވަތަ ގަވާއިދާއި ހިލާފުވި ބަޔަކަށް ފިޔަވަޅު އެޅި ކަމެއް ހެލްތު މިނިސްޓްރީން ނުބުނެއެވެ.

މިކަމަކީ ދުންފަތާއި ދިވެހިން ދުރުކުރުމަށް ކިތަންމެ ބޭނުންތެރި ގަވާއިދެއް ނަމަވެސް މިގަވާއިދު ތަންފީޒު ނުކުރެވޭ ނަމަ މިއީ އަނެއްކާވެސް ބިދޭސީންނަށް ވިޔަފާރި ކުރުމަށް ސަރުކާރުން ހުޅުވާލަދިން އާ ދޮރެކެވެ. މިއީ ރާއްޖެއިން އަނެއްކާވެސް ބޭރުވެގެންދާ އެތަން މިލިއަން ޑޮލަރުގެ