Last Updated: July 12, 09:33
Saturday, July 12, 2025
ޚަބަރު

ޖޭޕީގެ ތަރުޖަމާނަކަށް އަނޫޝް ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނަކަށް އަހްމަދު އަނޫޝް ހަމަޖައްސަވައިފި އެވެ.

ޖޭޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ އަނޫޝް އެ މަގާމަށް ހަަމަޖައްސާފައިވާކަން ހާމަކޮށްފައެވެ.

އަނޫޝް އާއެކު ޖޭޕީހައި މިހާރު ދެ ތަރުޖަމާނުން ތިއްބަވައެވެ. ދެން އެ މަގާމުގައި ހުންނަވަނީ ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހެވެ. އަނޫޝްއާ ހިލާފަށް ޖޭޕީގެ ކައުންސިލްގައި އަލީ ސޯލިހު ހިމެނިވަޑައިގަންނަވައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އަނޫޝް މީގެކުރިން މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރަމުންދާ އެމްއެމްއާރްއެމްގައެވެ.