Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި މަރުވެއްޖެ

ހުޅުމާލޭ ސެކަންޑް ފޭސްގައި ހަދަމުން ދިޔަ އިމާރާތެއްގެ އަށް ވަނަ ބުރިން ވެއްޓި ބިދޭސީއަކު މަރުވެއްޖެއެވެ.

ހުުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:00 ހާއިރު ކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ރެނދުލައި ނޭފަތުން ލޭވެސް އައިސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ހަދަމުންދާ އިމާރާތްތަކުން ވެއްޓި މީގެކުރިން ވެސް މިފަދަ ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ.