ހދ.ނޮޅިވަރަމް ސްކޫލްގެ ތިން ކްލާސްރޫމަށް ކަޅުތެޔޮ ޖަހައިފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ނޮޅިވަރަމް ސްކޫލްގެ ތިން ކްލާސް ރޫމުތަކަށް (ވަގުތީ ކްލާސް ރޫމް) ކަޅުތެޔޮ ޖަހާފައިވާ މައްސަލައެއް މިއަދު ހެނދުނު 6:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައިވާ ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.